އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އަސްކަރީ ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.

އެމްއެންޑީއެފް އިން ބޭއްވި ޚާއްސަ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރު 07ން 10ށް، ކޮންމެ ދުވަހެއްގެ ހެނދުނު 06:00ން 18:00ށެވެ.

ޅ. ވަން އެންޑް އޮންލީ ކަނުހުރާގެ އިރުއުތުރުން 05 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށްގެންދިޔަ މި ތަމްރީނުގައި ބަޑިޖަހާފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

އެމްއެންޑީއެފް މި އަސްކަރީ ތަމްރީނު ޕްރޮގްރާމް ހިންގާފައިވަނީ އެމްއެންޑީއެފްގެ ސްޕެޝަލް ފޯސް އަދި އެމްއެންޑީއެފް ކޯސްޓުގާޑަށް ކަމަށެވެ.

އަސްކަރީ ތަމްރީނު ޕްރޮގްރާމްގައި އެމްއެންޑީއެފް އެންމެ ފަހުގެ ފްލެޝް މެޓަލް ޕްރޮގްރާމު ވަނީ ފުރިހަމަ ކޮށްފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!