ހާއްސަ އެހީއަށް ބޭނުންވާ އަންހެނެއް ރޭޕްކޮށް، އެ މަންޒަރު ވީޑިއޯކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރު ވީޑިއޯ ކުރި މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އއ. ބޮޑުފުޅަދޫގައި މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު އެ ރަށު ދޯނި އެހެލާ ބަނދަރަށް ގެންގޮސް ދެ މީހަކު ވެގެން އޭނާ އާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާ އެކަން ކުރަނިކޮށް ވީޑިއޯ ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަަރުގެ ދިވެހި ފިރިހެނެއް ހައްޔަރަުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ދެމީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަަލ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!