ވިލިނގިލިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި

ގއ. ވިލިނގިލިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެރަށުގައި މަސްތުވާތަކެތި ގެންގުޅުމާއެކު އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދެ އޮޕަރޭޝަނެއް ހިިންގާފައިވާ ކަމަށެވެ.

މި ދެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 22 އަހަރުގެ މީހަކާ 25 އަހަރުގެ މީހެކެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގއ. ވިލިނގިލި ފުލުހުންނާ ފުލުހުންގެ އިންޓެލިޖެންސްއިން ހިންގި ހާއްސަ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެތަނުން އެކަކު ހައްޔަރު ކޮށްފައިވަނީ އޭނާ ބަލާފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ބޮޑު 10 ރަބަރު ޕެކެޓުތަކެއް ފެނުމާ ގުޅިގެން ކަމަށެވެ. އަދި ދެވަނަ މީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 12 ސެލޯފިން ކޮޅު ފެނުމާއި ގުޅިގެންނެވެ.

ފުލުހުން ބުނީ މި ދެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!