72 މުވައްޒަފަކަށް ފުލެޓް ކަށަވަރު ކުރެވިފައިވަނީ ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހު: ޝާހު

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން އަޅާ ފްލެޓްތަކުގެ ތެރެއިން 72 މުވައްޒަފަކަށް ފުލެޓް ކަށަވަރު ކުރެވިފައިވަނީ ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހުގައި ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވި ފުލެޓަށް ކުރިމަތިލި 72 މުވައްޒަފުންނަށް ފެލްޓް ލިބޭނެކަން މިހާރު އަންގާފައިވާނެ ކަމަށާއި، ފުލެޓް ދިނުމުގައި ބަލަންޖެހޭ ހުރިހާ ކަމަކަށް ބަލާފައިވާނެ ކަމަށެވެ. ޝާހު ވިދާޅުވީ ކޮންމެ ކަމަކީ ވެސް ޝަކުވާ ހުށަހެޅުމުގެ މަރުހަލާއެއް އޮންނަ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ގިނަ ކަންކަން އިންސާފުން ކުރިއަށްދާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެގޮތުން އެ ކުންފުނީގެ ފުލެޓް ލިބިފައި ތިބި 72 މުވައްޒަފުންގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތެއް ހުރި އަދި ދައުވާކުރަން ފޮނުވާފައިވާ ފަރާތެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މި މަހުގެ 3 ވަނަ ދުވަހު އެމްޑަބްލިއުއެސްސީ އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހް ވިދާޅުވީ، ފްލެޓަށް ކުރިމަތިލާފައިވާ 72 ފަރާތައްވެސް ފްލެޓް ލިބިފައިވާ ކަމަށެވެ. އަދި ފްލެޓަށްއެދި ހުށައެޅި ހުރިހާ ފަރާތަކަށް ފްލެޓް ލިބިފައިވާ އިރު، އެހުރިހާ ފަރާތްތަކަކީވެސް ޝަރުތުހަމަވާ ފަރާތްތައް ކަމަށާއި، ބާކީ ހުރި ފްލެޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ލިބިގެންދާނީ ހަމަ އެމްޑަބްލިއެސްސީގެ މުވައްޒަފުންނަށް ކަމަށް ޝާހް ފާހަގަކުރެއްވިއެވެ. ޝާހް ވަނީ އެކުންފުނިން ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކުން ކުރިމަތިލާފައި ވަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް ކަމަށް ފާހަގަ، ކުރައްވާފައެވެ.

އެގޮތުން، 15 ބުރީގެ ދެ ޓަވަރުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އިން ކުރިއަށް ގެންގޮސްފައިވާ އިރު، އެކުންފުނިން ތަރައްގީކޮށްފައިވާ އެއް ކޮޓަރީގެ އެޕާޓްމަންޓް ތަކަކީ 393.95 އަކަފޫޓާއި 405.18 އަކަފޫޓާ ދެމެދުގެ އެޕާޓްމަންޓުތަކެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!