ކޮވިޑްގައި މަރުވި މީހުންގެ އަދަދު 9 ލައްކައަަށް

ކޮރޯނާ ވައިރަސް ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު ނުވަ ލައްކައަށް އަރައިފި އެވެ. އަދި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 27.9 މިލިއަން އަށް އަރާފައި ވެއެވެ.

އެމެރިކާއަކީ މިބަލި އެންމެ ގިނަ މީހުންނަށް ޖެހިފައިވާ ގައުމެވެ. އެމެރިކާގައި މިހާރު 6.3 މިލިއަން މީހުންނަށް މިބަލި ޖެހިފައި ވެއެވެ. އަދި މަރުވި މީހުންގެ އަދަދު އެންމެ ގިނައީ ވެސް އެމެރިކާގަ އެވެ. އެމެރިކާގައި 190000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ބްރެޒިލް އިން ވަނީ 127000 މީހުން މަރުވެފަ އެވެ. އިންޑިއާ އިން 127000 މީހުން މަރުވެ ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އިންޑިއާ ވެފައި ވެއެވެ.

ބުދަ ދުވަހު އިންޑިއާ އިން ބުނެފައިވާ ގޮތުގައި 95735 މީހުންނަށް އަލަށް ކޮވިޑް 19 ޖެހުނެވެ. މިއީ އެއްވެސް ގައުމެއްގައި އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުންނަށް ކޮވިޑް 19 ޖެހިގެން ރިޕޯޓް ކުރެވުނު ދުވަަހެވެ.

އިންޑިއާ މިހާރު ވެފައި ވަނީ ކޮވިޑް 19 ޖެހިގެން ދުނިޔެއިން އެންމެ ގިނަ މީހުން މަރުވާ ގައުމަށެވެ. ވޭތުވެދިޔަ ދެ ހަފުތާގައި އިންޑިއާގައި އެވެރެޖްކޮށް ދުވާލަކު އެއްހާސް މީހުން ކޮވިޑް 19 ޖެހިގެން މަރުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!