ބެލެސްޓިކް މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ހޫތީން ސައުދީއަށް ހަމަލަތަކެއް ދީފި

ބެލެސްޓިކް މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ސައުދީ އަރަބިއްޔާގެ ރިޔާޒްގެ މުހިންމު އަމާޒުތަކަށް އިއްޔެ ހަމަލަ ދީފައިވާނެ ކަމަށް ޔަމަންގެ ހޫތީން ބުނެފި އެވެ.

ސައުދީ އިސްވެ އޮވެ ހޫތީންނާއި ދެކޮޅަށް ހަނގުރާމަ ކުރާ ކޯލިޝަނުން ސައުދީއަށް ހަމަލައެއް ދިންކަމަށް ބުނެފައެއް ނުވެއެވެ. އެކަމަކު ސައުދީން ބުނެފައި ވަނީ އެ ގައުމަށް ފޮނުވާލި ބެލެސްޓިކް މިސައިލް އާއި ޑްރޯންގެ ހަމަލައަކަށް ހުރަސް އަޅައި އެ ހަމަލަ ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ. ސައުދީ ކޯލިޝަނުން ދަނީޫ އީރާނުގެ މަދަދު ލިބޭ ހޫތީންނާއި ދެކޮޅަށް 2015 ވަނަ އަހަރުން ފެށިގެން ހަނގުރާމް ކުރަމުންނެވެ.

ހޫތީ ބާރުތަަަަަަަަކުގެ ތަރުޖަމާން ޔަހްޔާ ސަރީއާ ވިދާޅުވި ގޮތުގައި އެމީހުން ހަމަލަ ދިނުމުގައި ބޭނުންކޮށްފައި ވަނީ “ޑުލް ފައްގާރު” ބެލެސްޓިކް މިސައިލަކާއި “ސަމަދް ތިނެއް” ގެ ޑްރޯން އެވެ. އެ ހަމަލަ ދިނީ ސައުދީން ޔަމަން ނުރައްކާތެރި ހާލަތަކަށް ގެންގޮސް ޔަމަން ވަށައިގެން ސިފައިން ބައިތިއްބާ ބްލޮކް ކޮށްފައިވާތީ އެވެ. އަދި ސައުދީ އިން ޔަމަނަށް އަތްގަދަކުރަން އޫޅޭނަމަ އިތުރު ހަމަލަތައް ދޭނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވެފައި ވެއެވެ.

ސައުދީ ކޯލިޝަންގެ ތަރުޖަމާން ވެސް ހޫތީން ސައުދީއަށް ހަމަލަ ދިންކަން ޔަގީންކޮށް ދެއްވަ އެވެެ. އެކަމަކު އޭނާ ތަފްސީލެއް ނުދެއްވާ ހަމައެކެނި ވިިދާޅުވީ ހަމަލަ އަމާޒުވީ އާންމުން ދިރިއުޅޭ ސަރަހައްދަކަށެވެ.

ކޯލިޝަނުން ބުނީ ހޫތީން ގޮވާތަކެތި ބަރުކޮށްފައިވާ ޑްރޯންއެއް ބޭނުން ކޮށްގެން ނަޖްރާން ސިޓީއަށް ހަމަލަދޭން އުޅުނު ކަމަށާއި އެކަމަކު އެ ހަމަލައަށް ހުރަސް އަޅާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ، މިދިޔަ ހުކުރު ދުވަހުން ފެށިގެން މަދުވެގެން ގޮވާތަކެތި ބަރުކޮށްފައިވާ ހަ ޑްރޯން ހަލާކޮ ކޮށްލާފައިވާ ކަމަށާއި އެ ޑްރޯންތަކުގެ އަމާޒަކަށްވީ ސައުދީގެ ދެކުނުގެ ސަރހައްދުތައް ކަމަށް ވެސް ބުނެފައި ވެއެވެ.

ޔަމަންގައި ހަމަނުޖެހުން ފެށުނީ ހޫތީން ޔަމަނުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކޮށް ޔަމަނުގެ އުތުރުގެ ބޮޑު ސަރަހައްދެއް ވެރިރަށް ސަންއާ ހިމެނޭ ގޮތައް ހިފުމުންނެ އެވެ. ސައުދީގެ ބޭނަުމަކަށްވީ ވެރިކަމުން ދުރުކުރެވުނު ރައީސް އަބުދުއްރައްބު މަންސޫރު ހާދީގެ ވެރިކަން އަލުން އިއާދަ ކުރުމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!