ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޫސްވެރިކަމުގެ އިނާމަށް އެދި ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ ބުރާސްފަތި ދުވަހު އެމްއެމްސީން ކުރި އިއުލާނެއްގައެވެ. އެގޮތުން މިހިނގާ ސެޕްޓެމްބަރު މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން އިނާމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެމްއެމްސީން މައުލޫމާތުދެއެވެ.

އޭގެ އިތުރުން، 11 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މުޅިން އާ ދާއިރާއެއްގެ ގޮތުގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އާއި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ ހިމެނިފައިވެއެވެ.

އިނާމަށް އެދި ކުރިމަތިލުމަށް ހުޅުވާލާފައިވާ ދާއިރާތައް

 1. ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)
 2. އިޖުތިމާއީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަން
 3. ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ
 4. ސިޔާސީ
 5. ޝަރުއީ އަދި ޤާނޫނީ
 6. ވިޔަފާރިއާއި އިޤުތިޞާދު
 7. ކުޅިވަރު
 8. ފޮޓޯ ޖާރނަލިޒަމް
 9. ވީޑިއޯ ޖާރނަލިޒަމް
 10. ފީޗަރ / ރިޕޯޓް
 11. (ފ) އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު
 12. މީޑިއާ ކައުންސިލުން ބުނީ އިނާމްތަކަށް ނަން ހުށައަޅާނީ އެކަމަށް އެ ކައުންސިލުން ހާއްސަކޮސްފައިވާ ފޯމުންނެވެ. މި ފޯމާއި، މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު” އެމްއެމްސީން ވަނީ އާއްމުކޮށްފައެވެ.

އެމްއެމްސީން ބުނީ އެހެން އަހަރުތަކުގައި އިނާމަށް ހުށައެޅުމުގެ ފުރުސަތު އިތުރުކޮށްދިން ނަމަވެސް މި އަހަރު މި މުއްދަތު އެހެން އަހަރު ތަކެކޭ އެއްގޮތަށް އިތުރު ނުކުރެވޭނެކަމަށެވެ.

ނޫސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން އަންނަނީ ނޫސްވެރިކަމުގެ އިނާމް ދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!