ބޮލީވުޑްގެ ދުވަސްވީ ބަތަލާ ސުރޭޚާ ސިކްރީ އަށް ސްޓްރޯކެއް ޖެހިގެން އައިސީގައި ފަރުވާދޭން ފަށައިފިއެވެ.
ބޮލީވުޑްގެ އިތުރުން ޓީވީ ސިލްސިލާތަކުގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ސުރޭހާ އަށް ސްޓްރޯކެއް ޖެހިގެން އެޑްމިޓްކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށް މީޑިއާތަކުން ިރިޕޯޓުކުރެއެވެ. އަދި އޭނާއަށް ފަރުވާ ދެމުން އަންނަނީ މުމްބާއީ ހޮސްޕިޓަލްގެ އައިސީޔޫގަައި ކަމަށް ވެއެވެ. މީގެ ދެ އަހަރު ކުރިން ވެސް ސްޓްރޯކެއް ޖެހިގެން ސުރޭހާ ފަރުވާ ހޯދި އެވެ.
އިންޑިއާގެ އެންމެ މޮޅެތި ބަތަލާއިންގެ ތެރޭގައި ގުނައިލެވޭ ސުރާޚާ އެޑްމިޓްކުރި ޚަބަރާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އަވަސް ޝިފާއަކަށް އެދި ޓްވީޓްކޮށްފައިވެ އެވެ. އޭނާގެ އޭޖެންޓް ވިވެކް ސިދްވާނީ ޑޮކްޓަރުންނާ ހަވާލާދީ މީޑިއާތަކަށް ބުނީ ސުރޭޚާގެ ހާލު ސީރިއަސް ނަމަވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.
75 އަހަރުގެ ސުރޭހާ ކުޅެފައިވާ މަޤުބޫލު ސިިލްސިލާތަކުގެ ތެރޭގައި “ބަލިކާ ވަދޫ” އާއި “ސާތު ޕޭރޭ” އާއި “ޕަރްދޭސް ހެ މޭރާ ދިލް” އަދި “ކޭސަރު” ހިމެނެއެވެ. އަދި ފިލްމުތަކުގެ ތެރޭގައި “ޒުބޭދާ” އާއި “ދިއްލަގީ” އާއި “މައްމޯ” އަދި “ސަރުދާރީ ބޭގަމް” ފާހަގަކޮށްލެވެއެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އިން ސްޓްރީމްކުރި “ގޯސްޓް ސްޓޯރީޒް” އިންނެވެ.
ސުރޭހާ އަކީ ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ހުނަރުވެރި ފަންނާނެކެވެ.