ސުޝާންތުގެ މި ވިޑިއޯއަށް އެންމެންގެ ސަމާލުކަން!

ދާދިފަހުން މަރުވި ސުޝާންތު ސިންގު ރާޖުޕުތުގެ ދައްތަ ޝުވެތާ އަންނަނީ އޭނާގެ ކޮއްކޮގެ ހަނދާނުގައި ކޮންމެ ދުވަހަކުވެސް ސުޝާންތުއާއި ގުޅުންހުރި ފޮތޯތަކާއި ވީޑިއޯތަށް ހިއްސާކުރަމުންނެވެ. މިއިން ކޮންމެ މަންޒަރެއްވެސް ވެގެންދަނީ ސުޝާންތުގެ ފޭނުން ގެ ހިތުގައި އިތުރަށް އޭނާއަށް ލޯބި އިތުރުވެ އިޙުތިރާމުން ފުރާލާ ޕޯސްޓަކަށެވެ.

ސުވެތާ މިއަދު އޭނާގެ އިންޓަގުރާމުގައި ހިއްސާކޮއްފައިވަނީ ފިލްމު ސޮންޗިޅިޔާގެ ސޫޓިންގައި ސުޝާންތު ހަރަކާތްތެރިވަމުން ދިޔައިރު ނަގާފައިވާ ވީޑިއޯއެކެވެ. 2019 ވަނަ އަހަރުގެ ތެރޭގައި އެފިލްމުގެ ޝޫޓިން ހިގަމުންދިޔަ ވަގުތު ކުޑަ އަންހެންކުއްޖަކަށް އަމިއްލަ އަތުން މޮޑެ ކާންދޭ މަންޒަރު ދައްކުވައިދޭ މިވީޑިއޯ ފެނި ސުޝާންތުގެ ފޭނުން ރޮއްވާލިއެވެ. ވީޑިއޯ ހިއްސާކުރަމުން ސުޝާންތުގެ ހިތަކީ ރީތި އޯގާތެރި ހިތެއްކަމަށް ސުވެތާ ލިޔެފައިވެއެވެ.

މި ވީޑިއޯ ޝެއާކުރުމާއި އެކު ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލަ އަދިވެސް ވަކިގޮތަކަށް ނިމިފައިނުވާއިރު އެކަމުގައި ތުހުމަތުކުރެވެމުންދިޔަ ސުޝާންތުގެ ލޯބިވެރިޔާ އެންސީބީއިން ބަލަމުންދިޔަ ޑުރަގުގެ މައްސަލައިގައި މިހާރުވަނީ ހައްޔަރުކުރެވިފައެވެ. ސުޝާންތުއަށް އިންސާފުހޯދުމަށް މަސައްކަތް ކުރަމުން އަންނަ އޭނާގެ އާއިލާ އާއި ފޭނުން ދަނީ އެމަރުގެ ހަޤީޤަތް ހޯދުން އަވަސްކޮއްދިނުމަށްވެސް އެދެމުންނެވެ.