މިއަދު 66 މީހުން ކޮވިޑްއަށް ޕޮޒިޓިވްވެއްޖެ

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 66 މީހަކު ޕޮޒިޓިވްވެ، ނަމްބަރު ތިރިއަށް ޖެހިލައިފި އެވެ. މިދިއަ 4 ދުވަހު ވެސް ޕޮޒިޓިވް ވުން ހުރީ 100 އިން ދަށުގަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 63 މީހުނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަނެއް 3 މީހުންނަކީ އަތޮޅުތަކުގެ ތެރޭގެ ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 50 ދިވެހިން ހިމެނެ އެވެ. ދެން 16 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 8,900 އަރާފައެވެ. ކޮވިޑްގައި 31 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 134 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!