ބ.އަތޮޅުގެ 3 ރަށެއްގެ ބަނދަރު ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

3 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި އެމް.ޓީ ހޯގާޑް ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ހެދުމަށް ހަމަޖެހިފައިވަނީ ބ.ކުޑަރިކިލު، ކިހާދޫ އަދި ދޮންފަނެވެ.

މި ތިން މަޝްރޫޢުގެ ޖުމުލަ އަގަކީ 108,328,237 ރުފިޔާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ކުޑަރިކިލަށް ހަރަދު ކުރަނީ، 33,215,485.13 އެވެ. ދޮންފަނު އަށް 31,731,103.53 އެވެ. އަދި ކިހާދޫއަށް 43,381,648.33 ރުފިޔާއެވެ.

މި މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ އެމް.ޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑްއާއެވެ. އަދި މަސައްކަތް ނިންމުމުގެ މުއްދަތަކީ 381 ދުވަހެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢަށް ފަންޑު ކޮށްދެއްވަނީ އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑު) އިންނާއި ދިވެހި ސަރުކާރުގެ ބަޖެޓުންކަމަށެވެ. އެގޮތުން އޮފިޑް އިން %77 އަދި ދިވެހި ސަރުކާރުން %23 އެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

ބ. ކުޑަރިކިލު

– 246 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ލުން
– 316 މީޓަރުގެ އެއްގަމު ތޮށި ލުން
– 2 ނެރުބައްތި ޖެހުން
– 16 ބަނދަރު ބައްތި ހަރުކުރުން
– 1580 ސްކެއަރ މީޓަރުގެ ޕޭވްމަންޓް ހެދުން
– 8 މޫރިން ބްލޮކްސް ޖެހުން
– 56523 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުން
– 1500 ކިއުބިކް މީޓަރަށް ނެރު ފުންކުރުން
– 215 މީޓަރަށް ރިވެޓްމަންޓް ޖެހުން

ބ. ދޮންފަނު

– 204 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ލުން
– 362 މީޓަރުގެ އެއްގަމު ތޮށި ލުން
– 2 ނެރުބައްތި ޖެހުން
– 18 ބަނދަރު ބައްތި ހަރުކުރުން
– 1810 ސްކެއަރ މީޓަރުގެ ޕޭވްމަންޓް ހެދުން
– 5 މޫރިން ބްލޮކްސް ޖެހުން
– 38028 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުން
– 500 ކިއުބިކް މީޓަރަށް ނެރު ފުންކުރުން
– 106 މީޓަރަށް ރިވެޓްމަންޓް ޖެހުން

ބ. ކިހާދޫ

– 350 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ލުން
– 320 މީޓަރުގެ އެއްގަމު ތޮށި ލުން
– 2 ނެރުބައްތި ޖެހުން
– 17 ބަނދަރު ބައްތި ހަރުކުރުން
– 1600 ސްކެއަރ މީޓަރުގެ ޕޭވްމަންޓް ހެދުން
– 22 މޫރިން ބްލޮކްސް ޖެހުން
– 40700 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުން
– 6000 ކިއުބިކް މީޓަރަށް ނެރު ފުންކުރުން
– 225 މީޓަރަށް ރިވެޓްމަންޓް ޖެހުން

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!