ކާފިއު ވަގުތު ބޭރުގައި އުޅުނު 1143 މީހަކަށް ނަސޭހަތްދީ، އޭގެ ތެރެއިން 550 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 22 އިން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކާފިއު އާއި ހިލާފުވެގެން 1143 މީހަކަށް ނަސޭހަތްދީ 550 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ފަށާފައިވާއިރު މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކޮށްފައި ވަނީ ރޭގަނޑު ދިހަ އަކުން ފަތިހު 5:00 އާ ހަމަ އަށެެވެ. އަދި އެ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ 1000 ރުފިޔާ އިން އަންނަނީ ޖޫރިމަނާކުރަމުންނެވެ. ކާފިއު ހިންގުމުގެ އިތުރުން މާލެ ސަރަހައްދުގައި ބޭރުގައި އުޅޭއިރު މާސްކު އެޅުން ވެސް ވަނީ މަޖުބޫރުކޮށްފައެވެ. މާސްކު ނާޅައި އުޅޭނަމަ 1،000 ރުފިޔާ އިން ފުލުހުން ޖޫރިމަނާކުރާނެއެވެ.