ވޭވަށް ބަނދަރުގެ 39 ޕަސެންޓް މަސައްކަތް ނިމިއްޖެ

މ. ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 39 ޕަސެންޓް ނިމިއްޖެ އެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ އެ މަޝްރޫއާ ގުޅިގެން އެކުންފުނިން ބުނީ އެ މަޝްރޫއުގެ ތެރެއިން ކޮންކްރީޓް ފާރެއް ރޭނުމުގެ 39 އިންސައްތަ މަސައްކަތާއި، މޫރިން ރިންގްސް ހަރުކުރުމުގެ 20 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. 

އެ މަޝްރޫއުގެ ދަށުން 60,839 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެ އެވެ. އަދި 380 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތާއި 1880 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަސްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 27 ގައި އެމްޓިސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސްރޫޢެކެވެ. މި މަޝްރޫޢުއަކީ 48.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!