މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އިސް ތިން މަގާމަށް އައްޔަންކުރެއްވި ބޭފުޅުންނަށް މިއަދު މަގާމުގެ ލިޔުން ދީފި އެވެ.
އެ ޔުނިވާސިޓީގެ ޑީން އޮފް ސްޓޫޑެންޓްސްގެ މަގާމަށް ލީލާ އަހުމަދާއި ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީގެ ޑީނަކަށް ނާސިހާ އަބްދުލް މުހައިމިން އަދި ކޮންޓްރޯލާ އޮފް އެގްޒާމިނޭޝަންގެ މަގާމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި ފާތިމަތު ނާޒިޔާ ވަނީ ހަމަޖައްސައިފަ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބުނީ ޑީން އޮފް ސްޓޫޑެންޓްސްގެ މަގާމަށް އައްޔަން ކުރެއްވި އާޝިޔާ ލީލާ އަހުމަދު ޔުނިވާސިޓީއަށް 14 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ ކަމަށެވެ. އާޝިޔާ ލީލާ އަހުމަދު ޔުނިވާސިޓީގައި އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޓީޗަރ އިންސްޓްރަކްޓާ އާއި އެސިސްޓަންޓް ލެކްޗަރާ އަދި ލެކްޗަރާ ކަން ހިމެނެއެވެ.
ކޮންޓްރޯލާ އޮފް އެގްޒަމިނޭޝަންސްގެ މަގާމަށް އައްޔަން ކުރެއްވި ފާތިމަތު ނާޒިޔާ 2016 ވަނަ އަހަރުން ފެށިގެން ކޮންޓްރޯލާ އޮފް އެގްޒަމިިނޭޝަންސް މަގާމު ދަނީ ފުރުއްވަމުންނެވެ.
ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ވެރިޔާގެ މަގާމަށް އައްޔަން ކުރެއްވި ފާތިމަތު ނާސިހާ، 2011 ގައި ޔުނިވާސޓީއާ ގުޅިވަޑައިގެން މިއަދާހަމަށް ލެކްޗަރާ އެއްގެ މަގާމް ފުރުވައްވާފައިވެއެވެ. އަދި ސެންޓާ ފޯ އޯޕަން ލަރިނިންގް ގައި އަހަރު ދުވަހު އެކްޓިން ޑީންގެ މަގާމު އަދާކުރެއްވިއެވެ.