ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ރާއްޖެއަށް މެޑިކަލް ސާމާނު ހަދިޔާ ކޮށްފި އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ޗައިނާއިން ހަދިޔާ ކުރި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް އަދި މެޑިކަލް ސަޕްލައިސްއާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެ ވަޑައިގަތީ ރާއްޖޭގެ ފޮރިން މިނިސްޓަރެވެ.
ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 20،000 މެޑިކަލް މާސްކާއި 10،000 މެޑިކަލް އަންގި އަދި 500 ޕީޕީއީ ކިޓް ހިމެނެ އެވެ. މިއަދު ޗައިނާ ކުންފުނިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގައި ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.