86 އަހަރުގެ މުސްކުޅިޔަކު ރޭޕްްކޮށްފި

އިންޑިއާގައި އުމުރުން 86 އަހަރުގެ މާމައަކު ރޭޕްކޮށްލައިފިއެވެ.

ރޭޕާ ގުޅިގެން ކޮމިޝަން ފޮ ވިމަންގެ ވެރިއާ ސްވަތީ މަލިވާލް ބީބީސީއަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ރޭޕްކޮށްފައި ވަނީ އުމުރުން 80 ހައަހަރުގެ މުސްކުޅި އަންހެނެއް ކަމަށާއި އޭނާއަށް އަށް މި ބަދުނަސީބު ހިތާމަ އާއި އަނިޔާ ދިމާވީ ކޮންމެ ދުވަހަކުވެސް އޭނާއަށް ބޭނުންވާ ގެރިކިރުފޮދު ހިފައިގެން އަންނަ މީހާގެ އިންތިޒާރުގައި ގޭގެ ބޭރު ދޮރާށި ކައިރީ ހުއްޓާ ކަމަށެވެ

ސުވާތީ ވިދާޅުވި ގޮތުގައި އެ ގޮތަށް އޭނާ ހުއްޓާ ނުދަންނަ ޒުވާން ފިރިހެނަކު ގޮސް ކިރު ގެންނަ މީހާ މިއަދު ނާންނާނެ ކަމަށާއި ކިރު ލިބޭނެ އެހެން ތަނަކަށް އޭނަ ގެންގޮސްދޭން އެދުނެވެ. އަދި އަންހެން މީހާ އިތުބާރުކޮށް އޭނަޔާއެކު ދިޔައެވެ. ނަމަވެސް ކަންތައްވީ ކުޑަކޮށްވެސް ހީވެސް ނުކުރާ ގޮތަކަށެވެ. .

އެ ފިރިހެން މީހާ ވަނީ މުސްކުޅި އަންހެން މީހާ ދަނޑު ބިމަކަށް ގެންގޮސް ރޭޕް ކޮށްފަ އެވެ. އަންހެންހެން މީހާ، އޭނައަކީ ރޭޕްކުރި މީހާގެ މާމަ އުމުރުގެ މީހެއް ކަމަށް ބުނެ އާދޭސްކޮށް ސަލާމަތްވާން މަސައްކަތްކު ރުމުން ވެސް އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ އަނިޔާވެރިވެ، އޭނަ ރޭޕްކުރީ އެވެ .

އެ އަންހެން މީހާ ރޮއެފައި ކުރަމުންދިޔަ އާދޭސް އަޑުއިވުނީ އެ ސަރަހައްދުން ހިނގާފައި ދިޔަ ބަޔަކަށެވެ. އެ މީހުން ވަނީ އެ އަންހެން މީހާ ސަލާމަތް ކޮށްފައެވެ. އަދި އެ މީހުން ވަނީ، އެ އަންހެން މީހާ ރޭޕް ކުރި މީހާ ފުލުހުންނާއި ހަވާލު ކޮށްފައެވެ.

ސުވާތީ ވަނީ އަންގަރަ ދުވަހު އެ އަންހެން މީހާ އާ ބައްދަލު ކުރުމަށް އެެގެއަށް ގޮސްފައެވެ. އަދި އޭނާ ކިޔާދިން ވާހަކަތައް އަޑު އަހާފައި ހިތްފަޅައިގެންދާ ވަރު ވާކަމަށް ސުވާތީ ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!