ކުރީގެ ޑެޕިއުޓީ މޭޔަރު ޝުޖާއުގެ މައްޗަށް ދައުވާކޮށްފި

މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ މިއަދު އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މާލެ ޕްލޭނިންގެ ގަވައިދާ ހިލާފަށް ގެއެއް އިމާރާތްކުރަން ހުއްދަ ދިން މައްސަލައިގައި ގ. ޗާންދަނީމާގެ، އިބްރާހިމް ޝުޖާއުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ޝުޖާއުގެ މައްޗަށް އެ ކުށް ސާބިތުވެއްޖެ ނަމަ އަދަބަކީ ތިން އަހަރަށް ޖަލަށް ލައި ނުވަތަ އަރުވާލައި ނުވަތަ ގޭ ބަންދުކުރުމެވެ.

އެ މައްސަލަ ތަހުުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަންގާރަދުވަހު ބުނީ 250 އަކަފޫޓުގެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އިމާރާތްކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަކަށްކަން ލިޔުންތަކުން އެނގެން އޮތް ނަމަވެސް އެ ބިމުގައި 12 މީޓަރަށް އިމާރާތް އަޅަން ޖެނުއަރީ 15، 2014 ގައި ސުޖާއު ސޮއިކޮށް “އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން” އާއި “އިމާރާތްކުރުމުގެ ހުއްދަ” ދޫކޮށްފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!