ޖަޕާނުންދޭ ސްކޮލާޝިޕްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޖަޕާނުގައި މަތީ ތައުލީމު ހާސިލްކުރަން ރާއްޖެއަށް ދޭން ނިންމާފައިވާ 24 ސްކޮލާޝިޕްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެ ގައުމުގައި މަތީ ތައުލީމު ހާސިލް ކުރުމާ ގުޅޭ “އެކްސްޖޭންޖް އޮފް ނޯޓްސް” އެއްބަސްވުމުގައި ދެ ގައުމުގެ ސަރުކާރުން މިދިޔަ މަހު ވަނީ ސޮއިކޮށްފަ އެވެ. މިއަދު ސޮއިކުރި އެއްބަސްވުމަކީ، މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ހަރަކާތްތެރިވާ ދެ އިދާރާގެ އިސްވެރިންގެ މެދުގައި ވި އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) ގެ ރާއްޖެ އޮފީހުގެ ރެޕްރެޒެންޓޭޓިވް މިޓްސުޔޮޝީ ކަވަސާކީ އެވެ.

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަ ދިވެއްސަކަށް ޖަޕާނުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ޖައިކާ އިން ދޭނެ އެވެ. “ޕްރޮޖެކްޓް ފޮ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ސްކޮލާޝިޕް ބައި ޖަޕަނީސް ގްރާންޓް އެއިޑް” ގެ ދަށުން ތައުލީމް ހާސިލްކުރާ 24 ދަރިވަރުންނަށް ޖުމްލަ 1.2 މިލިއަން ޑޮލަރު (18,480,000 ރުފިޔާ) ހޭދަކުރާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!