މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކޮންސުލްއަކަށް އޭޑީކޭ ނާޝިދު

މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކޮންސުލް އަހުމަދު ނާޝިދަށް މަގާމުގެ ރަސްމީ ލިޔުން (އެގްޒެކެޓާ) ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަރުވައިފި އެވެ.

މިއަދު މެންދުރު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ނާޝިދަށް ލިޔުން އެރުވުމަށްފަހު ދެޤައުމުގެ ގުޅުން ބަދަހިކުރުމުގައި އޮނަރަރީ ކޮންސުލްގެ ދައުރުގެ މުހިއްމު ކަމާ ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ވާހަކަފުޅު ދެއްކެވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ. 

އެހެން ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކޮންސުލް އިންނަކީ އެގައުމުތަކުގެ ސަރުކާރުތަކުން ކަނޑައަޅުއްވާ ބޭފުޅުންނެވެ. 

އޮނަރަރީ ކޮންސުލް އިން އައްޔަންކުރުމުގައި ދިވެހި ސަރުކާރުގެ ދައުރަކީ އޮނަރަރީ ކޮންސުލްގެ ގޮތުގައި އެގައުމަކުން ކަނޑައަޅާ ބޭފުޅަކު، ރާއްޖޭގައި އޮނަރަރީ ކޮންސުލްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދިނުމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!