އެސްޑީއެފްސީގެ ލޯނުތައް ދެއްކުން 4 މަހަށް ފަސްކޮށްދީފި

އެސްޑީއެފްސިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން 4 މަސްދުވަހަށް އަނެއްކާވެސް ފަސްކޮށްދިނުމަށް ނިންމައިފިއެވެ.

އެސްޑީއެފްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް ލޯނު ދެއްކުން ފަސްކުރުމުގެ މުއްދަތު އިތުރުކޮށްދޭން ނިންމާފައިވާކަމަށެވެ.

އެސްޑީއެފްސީން ނަގާފައިވާ ލޯނުތައް ދެއްކުން މިމަހުން ފެށިގެން އިތުރު 4 މަހަށް ފަސްކޮށްދޭން ނިންމާ ލޯނު ފަސްކުރުމަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ. އެގޮތުން ލޯނު ފަސްކުރަން ބޭނުންވާ ކަސްޓަމަރުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދެންޖެހޭނެއެވެ.

މި މުއްދަތުގައި ލޯނު ފަސްކުރުމަށް އެދިފައިނުވާނަމަ ބަލާނީ އެފަރާތެއް ލޯނު ފަސްކުރަން ބޭނުން ނުވާކަމަށާއި އެހެންކަމުން ސެޕްޓެމްބަރުމަހުން ފެށިގެން މަހުން މަހަށް ލޯނު ދައްކަންޖެހޭނެކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ. ލޯނު ފަސްކުރުމަށް އެދުމުގެ ފުރުސަތު އެސްޑީއެފްސީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ޕޯޓަލްއިން އެދެވޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!