ފުލުހުންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކޮށްފި އެވެ. މި ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް އޮންނާނެ އެވެ.
ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި ފުލުސް ވަޒީފާއަށް އެެދެވޭނީ ގްރޭޑް 10 ގެ ފެންވަރު ހުރުމާއެކު ފުލުހަށް ބޭނުންތެރި ފަންނީ ދާއިރާއަކުން ތިން މަހަށްވުރެ ކުރު ނޫން ކޯހެއް ފުރިހަމަކޮށް ފާސްވެފައިވާ 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުނަށެވެ.
އަދި އެއީ ފިރިހެނެއްނަމަ އިސްކޮޅުގައި 5 ފޫޓް 3 އިންޗި، އަންހެނެއް ނަމަ 5 ފޫޓަށްވުރެ ކުރު ވެގެނެއް ނުވެ އެވެ.
- ފޯމް ހުށަހެޅުން އޮކްޓޯބަރު 15 ވަނަ ދުވަހަށް
- އީމެލްއަށް ފޯމް ފޮނުވޭނެ، [email protected]
- ހުސައިން އާދަމް ބިލްޑިންގަށް ފޯމް ލެވޭނެ
- ފުލުހުންގެ ވެބްސައިޓް ފޯމް ލިބޭނެ
ފުލުސް ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް އަދި ވައްކަމާއި ޓެކުމާއި މަކަރާއި ހީލަތާއި މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަރިކުރުމާއި ހިޔާނާތެއް މިދިއަ ފަސް އަހަރު ތެރޭ އެ މީހާގެ މައްޗަށް ޝަރީއަތުގައި ސާބިތުވެފައިވާ އޮވެގެނެއް ނުވާނެ އެވެ.