މިއަދުން ފެށިގެން ނެގެޓިވް ނަތީޖާއެއް ނެތި ފަތުރުވެރިންނަށް ނާދެވޭނެ

މިއަދުން ފެށިގެން ދެން ރާއްޖެ އާދެވޭނީ ކޮވިޑް-19 ގެ ޓެސްޓު ނެގެޓިވް ވެފައިވާ ޓޫރިސްޓުންނަށް އެކަނި ކަމަށް ސަރުކާރުން ނިންމާފައިވާތީ އެކަން ތަންފީޒު ކުރަން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދުގެ މިހާތަނަށް ރާއްޖެ އައި ހުރިހާ ޓޫރިސްޓުން ވެސް ކޮވިޑަށް ނެގެޓިވް ކަމުގެ ލިޔުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންނަކީ ކޮވިޑަށް ނެގެޓިވް ބައެއްކަން ޔަގީން ކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޓޫރިސްޓުންގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ހުށަހަޅަން ޖެހޭނީ މޯލްޑިވްސް އިމިގްރޭޝަންގެ “އިމުގަ” ޕޯޓަލް މެދުވެރިކޮށެވެ. މި ޓެސްޓު ހަދަން ޖެހެނީ ރާއްޖެ އަންނަން ފުރުމުގެ 72 ގަޑިއިރުގެ ތެރޭގަ އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުން ނެގެޓިވް ޕީސީއާރު ޓެސްޓެއް ގެންނަން ޖެހޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވަނީ މިދިޔަ ހަފުތާގަ އެވެ. އެގޮތަށް ނިންމީ ކޮވިޑް-19ގެ ހާލަތުގައި ވެސް ރާއްޖެއަކީ ރައްކާތެރި މަންޒިލެއް ކަން ޓޫރިސްޓުންނަށް ޔަގީން ކޮށްދީ، ޓޫރިސްޓުންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!