ވ އަތޮޅުން ފެށިގެން ގދ އަތޮޅަށް ވައިޓް އެލަރޓް ނެރެފި

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ވ އަތޮޅުން ފެށިގެން ގދ އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ހެނދުނު 10:30ން ފެށިގެން ހަވީރު 16:30އާ ހަމައަށް ވައިޓް އެލަރޓް ނެރެފައިވާ ކަމަށެވެ. މެޓް އޮފީހުން ބުނީ އެ ވަގުތުގެ ތެރޭގައި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ ހުކުރު ދުވަހުގެ ހެނދުނު 10:00އާ ހަމައަށް މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށާއި އުތުރު އަތޮޅުތަކަށް މެންދުރުފަހުން ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެ އާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނު އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!