ކޮވިޑުން ރަނގަޅުވިޔަސް އަލާމާތްތައް ހުރެދާނެ: ޑރ. މުރާދު

ކޮވިޑް-19 އިން ރަނގަޅުވިޔަސް ބަލީގެ އަލާމާތްތައް ހުރެދާނެ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ ކޮވިޑް ޖެހިފައި ހުންނަ ދުވަސްވަރު ދިމާވާ އަލާމާތްތައް ބަލިން ރަނގަޅުވިޔަސް ތަންތަކޮޅެއް ގިނަ ދުވަހަށް ފެނިގެން ހިނގައިދާނެ ކަމަށެވެ. 

އެގޮތުން ބައެއް ތަންތަނުން އެކަމުގެ ދިރާސާތައް ވެސް ހަދާފައިވާ ކަމަށާއި އެގޮތުން ދިރާސާތަކުން ވެސް އެނގެނީ ވަރުބަލިވުން ފަދަ ކަންކަމަކީ ވަރަށް ދިގު މުއްދަތަކަށް ދެމިގެންދާ އަލާމާތެއްގެ ގޮތުގައި ފާހަގަކުރާ ކަމަށެވެ. އަދި އަނެއް ބަޔަކު ބަލިން ރަނގަޅުވިޔަސް ނޭވާލާން އުނދަގޫވުމާއި މޭގައި ރިއްސުމުގެ އިތުރުން ގައިގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސުން ފަދަ ކަންކަން ވެސް ދިމާވާ ކަމަށެވެ. 

އޭގެ އިތުރުން ވަސް ދުވުމުގައި ރަހަނުލުން ފަދަ އަލާމާތްތަކަކީ ވެސް ދިގު ލައިގެން ހިނގައިދާނެ އަލާމާތްތަކެއްކަން ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ޑރ. މުރާދު ވިދާޅުވީ ބަލިން ރަނގަޅުވުމަށް ފަހު މީހުންނަށް ދިގު މުއްދަތަށް ދިމާވާ ސިއްހީ މައްސަލަތައް އަދި ސާފުކޮށް ދެނެގަނެވިފައި ނުވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!