މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ރަފްތާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ރަފްތާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ ރަފްތާރު ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ އޭނާ ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ. އެގޮތުން އެމްޓީވީގެ ރިއަލިޓީ ޝޯ “ރޯޑީސް” އަށް ދިއުމުގެ ކުރިން ކޮވިޑަށް ޓެސްޓް ކުރަން ޖެހުނުއިރު އޭނާގެ ދެ ނަތީޖާ ވެސް ފުރަތަމަ ނެގެޓިވް ނަމަވެސް ފަހުން ލިބުނު ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށް ރަފްތާރު ބުނެ އެވެ. 

ރަފްތާރު ބުނީ އޭނާ މިހާރު ހުރީ އިތުރު ކޮވިޑް ޓެސްޓެެއް ހަދާއި ބައްޔަށް ނެގެޓިވްކަން ކަށަވަރުކުރަން ބޭނުންވެފައި ކަމަށެވެ. އެއީ ޓެކްނިކަލް އެރާއެއް ކަމަށް ދެކޭ ކަމަށް ވެސް ބުންޏެވެ. 

ރަފްތާރު ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށް ވަރަށް ފިޓު ކަމަށެވެ. އަދި އެއްވެސް އަލާމާތެއް ވެސް ނުފެންނަ ކަމަށް ބުުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!