މިހާތަނަށް 19602 މީހުން ރާއްޖެ އައިސްފައިވޭ

މިހާތަނަށް 19602 މީހަކު ރާއްޖެ އައިސްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މާޗް 15 ގައި ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 19،602 މީހުން އައިސްފައިވާއިރު ވޭތުވެދިޔަ 24 ގަނޑިއިރު ތެރޭގައި 480 މީހަކު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އަދި މިހާތަނަށް ރާއްޖެއިން 20،181 މީހުން ފުރާފައިވާ ކަމަށާއި ފާއިތުވި 24 ގަނޑިއިރު ތެރޭގައި 561 މީހުން ރާއްޖެއިން ފުރާފައިވާ ކަމަށެވެ. މިއަދު އައި މީހުންގެ ތެރޭގައި ކޮވިޑް-19 ގެ އަލާމާތް ހުރި އެއްވެސް މީހަކު ނެތްކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ތިން މަސް ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވި ފަހުން އެކި ގައުމުތަކުން ދަނީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރަމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!