ޝާހު ބުނީ ދުވަހަކުވެސް ސްކިނީއެއް ނުލާނެ ކަމަށް!

ޝާހްރުކް ޙާން، ބޮލީވުޑްގެ ރަސްގެފާނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއިންޑަސްޓްރީގައިި ހުރި އެންމެ ކުޅަދާނަ ތަރިއެވެ.

އެތައް އަހަރުތަކެއް ވަންދެންވެސް ޝާހު އަންނަނީ ލިށްޓުތަކުގެ ކުރިން ޖާގަ ހޯދަމުންނެވެ. ކޮންމެ ކަހަލަ ރޯލަކުން ވިޔަސް އޭނާ ވަނީ އެންމެންގެ އިހްތިރާމާއި ލޯބި ހޯދާފައެވެ.

ޝާހު އަކީ ފެޝަނަށްވެސް ވަރަށް ލޯބިކުރާ ތަރިއެކެވެ. އެހެންނަމަވެސް ދާދި ފަހުން އިންޑިއާގެ ނޫހަކުން ދުވަހަކުވެސް ޝާހު ނުލާނެ އެއްޗަކީ ނުވަތަ އަންނައުނަކީ ކޮބާތޯ އެހުމުން ޝާހު ދިނީ ވަރަށް ހީވެސް ނުކުރާ ޖަވާބެކެވެ.

ޝާހު ބުނީ ފިލްމަކުން ކޮންމެ ވައްތަރެއްގެ ހެދުމެއްވެސް ލާފާނެކަމަށެވެ. އެހެންނަމަވެސް ފިރިހެނުންނަށް އޮންނަ އިޙްތިރާމެއްގެ ގޮތުން ސްކިނީ ޖީންސް ލުމާއި އޭނާ ދެކޮޅު ކަމަށެވެ. ޝާހު ބުނީ ފިރިހެނުން ލާ ޖިންސް ހުންނަން ވާނީ ދޫކޮށްކަމަށެވެ.

ޝާހްރުކް ޚާން އަކީ ދިވެހިންގެ ތެރޭގައިވެސް މަޤްބޫލު ކަމެއް ހޯދާފައިވާ ފަރާތެކެވެ. މިގޮތުން 1992 ވަނަ އަހަރު ފިލްމް ކުޅެން ފެށި ޝާހްރުކްއަށް މިހާތަނަށްވަނީ ގިނަ އެވޯޑްތަކެއްވެސް ލިބިފައެވެ. ޝާހްރުކް ޚާން އަށް މިހާތަނަށް 14 ފިލްމް ފެއަރ އެވޯޑާއި މިހާތަނަށް 30 ފަހަރު މިއެވޯޑަށް ނޮމިނޭޓްވެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!