ތާޕްސީ ޕަންނޫގެ ރީތިކަމުގެ 5 ސިއްރު!

ބޮލީވުޑް ބަތަލާ ތާޕްސީ ޕަންނޫ އަކީ ޤުދުރަތީ ރީތިކަމެއް ލިބިފައިވާ ހުނަރުވެރި ތަރިއެކެވެ. އަދި ބޮލީވުޑްގައި މިވަގުތު ތިބި އެންމެ ރީތި އަންހެން ތަރިންގެ ލިސްޓެއް ހަދާނަމަ ތާޕްސީ ނުހިމެނި ނުދާނެ ކަން ޔަޤީނެވެ. އެހެންކަމުން މިފަހަރު މި ކިޔައިދެނީ، 33 އަހަރުގެ ބަތަލާ ‘ޓައިމްސް އޮފް އިންޑިއާ’ އަށް ކިޔައީފައިވާ އޭނާގެ ރީތިކަމުގެ 5 ސިއްރެވެ.

1. މަދުން ނޫނީ މޭކަޕް ނުކުރުން

ތާޕްސީ އަކީ ވަރަށް މަދުން ނޫނީ މޭކަޕް ނުކުރާ ބަތަލާއެކެވެ. އެގޮތުން އޭނާ މޭކަޕް ކުރިޔަސް ކުރަނީ ވަރަށް ލުއިކޮށް ކަމަށް ބުނެއެވެ.

2. މޫނުގައި އުނގުޅަނީ ހުސް ގުދުރަތީ ބާވަތްތައް

ތާޕްސީ ބުނާ ގޮތުގައި، އޭނާ މޫނު ރީތިކުރުމަށް އުނގުޅަނީ ހުސް ގުދުރަތީ “އޯގޭނިކް” އެއްޗިއްސެވެ. އެގޮތުން ފޭސް ޕެކްގެ ގޮތުގައި އެލޮވޭރާ އާއި ޓޮމާޓޯ އުނގުޅާ ކަމަށް ބުނެއެވެ.

3. ސީޓީއެމް

ސީޓީއެމް އަކީ މޫނުގެ ހަންގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ގެންގުޅޭ ރޫޓިން އެކެވެ. އޭގެ މާނައަކީ ކްލެންސް، ޓޯން އަދި މޮއިސްޗަރައިޒް ކުރުމެވެ. ތާޕްސީ ބުނަނީ އޭނާ އަބަދުވެސް މި ރޫޓިން އަށް ފަރުވާ ބަހައްޓާ ކަމަށެވެ.

4. މޭކަޕާއެކު ނުނިދުން

ތާޕްސީއަކީ ކިތަންމެ މަދުން މޭކަޕް ކުރާ މީހަކަށް ވިޔަސް، މޭކަޕް ކުރާ ދުވަހަކު ވެސް އެ ނުފިލުވައި ނިދަން ނުދާ ކަމަށް ބުނެއެވެ. ކޮންމެރެޔަކު ނިދަން އޮށޯތުމުގެ ކުރިން ތާޕްސީ އޭނާގެ މޫނު ދޮވެ، ސާފުކުރެއެވެ.

5. 8 ގަޑިއިރުގެ ނިދުން

ތާޕްސީ ބުނަނީ އޭނާގެ ރީތިކަމުގެ އެންމެ ބޮޑު ސިއްރަކީ މިއީ ކަމުގައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، ކޮންމެ ދުވަހަކު 8 ގަޑިއިރުގެ ނިދި ލިބޭނަމަ މޫނުގެ ހަންގަނޑަށް ގުދުރަތީ އުޖާލާކަމެއް ލިބިގެންދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!