ﷲ ތައާލާ މަޙްލޫގުން ޚަލްޤް ކުރައްވާފައި ވަނީ ދެ ގޮތަކަށެވެ. އޭގެތެރޭގައި
1 ﷲ ތައާލާގެ ޔަދުގުދުރަތްފުޅުން ( އަތްޕުޅުން )
2 ވާށޭ ވަހީ ކުރެއްވުން
ﷲ ތައާލާ ޔަދު ގުދުރަތްފުޅުން ޚަލްޤު ކުރައްވާފައި ވަނީ 5 ބަޔަކަށެވެ. އެއީ:
1 އަރުށި އާއި ކުރުޝި
2 ލައުހާއި ގަލަމް
3 އެންމެހާ މަޙްލޫގުންގެ ފުރާނަތައް
4 ޖަންނަތުލް ފިރުދައުސް
5 އިންސާނާ ( އާދަމް އަލައިހިއްސަލާމް )
ފުރަތަމަ އުފެއްދެވުން
ﷲ ތައާލާ ފުރަތަމަ ޚަލްޤް ކުރެއްވީ އަރުށިއެވެ. އެއީ 7 ދުވަހުންނެވެ. އެއަށްފަހު ލައުހާއި ގަލަމެވެ. ދެން ޖަންނަތުލް ފިރުދައުސްއެވެ. ދެން ފުރާނަތަކެވެ. ދެން ހެއްދެވީ އާލަމްތަކެވެ. އަދި އެއަށްފަހު އެހެނިހެން މަޙްލޫގުންނެވެ.
އަލްއަރުޝި:
އަރުޝި އަކީ ﷲ ތައާލާގެ ގަނޑުވަރު ކޮޅެވެ. އަރުޝި ހައްދަވާފައިވަނީ ދެވަނައެއް ނުވާ މައިދަނަކުންނެވެ. އަރުޝި އުފުއްލަވަނީ 7 މަލާއިކަތުންނެވެ. މާނަ އަކީ 7 ތަނބުކޮޅެވެ. އަރުޝި ވަށައިގެން ގަޑިއަކު 7 މިލިއަން މަލާއިކަތުން ތަވާފު ކުރައްވައެވެ. އެއްފަހަރު ތަވާފް ކުރައްވަވާ މަލާއިކަތަކަށް ދެވަނަ ފަހަރަށް ތަވާފް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައެއް ނުގަންނަވައެވެ. ޤިޔާމަތާއި ހަމައަށްވެސް އެކަން އެގޮތުގައި ދެމިގެންދެއެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމާއެވެ!
ގިޔާމަތް ދުވަހު އެމީހާ އެންމެހާ އާލަމްތަކާއި ސުވަރުގެތައް އަލިވެގެންދާނީ އަރުޝީގެ އަލިކަމުންނެވެ. އެދުވަހު އިރެއް ހަނދެއް އަދި ތަރިތަކެއް ނުވެއެވެ. ހޫނުކަމެއް އަދި ފިނިކަމެއް ނުވެއެވެ. ތަންތަން ހަޑިވުމެއް މިލަވުމެއް އަދި ބައުވުމެއް ނުވެއެވެ.
އަރުޝި ފެނުމުގެ ނަސީބު ލިބެނީ މަދު ބަޔަކަށެވެ. ނަސީބުވެރިންނަށެވެ. އަދި އެއީ ﷲ ތައާލާގެ ވަޖްހްފުޅު (މޫނުފުޅު) ދުށުމުގެ ނަސީބު ލިބޭ އަޅުތަކުންނެވެ. ތަގުވާވެރިންނެވެ. ޖަންނަތުލް ފިރްދައުސްގެ އަހުލުވެރިންނެވެ. އެއީ:
- ﷲ ތައާލާ ހަނދާންކޮށް ލޮލުން ކަރުނަ އަޅާ ތަޤްވާވެރިން
- ޒުވާން ރީތި އަންހެނަކު ފާހިޝް ކަމަށް އެދޭ ހިނދު ތިމަންނާ ﷲ ތައާލާއަށް ބިރުވެތިވަމޭ ބުނެ ދުރުވެގެންވާ ޒުވާނާ. (މީގެ ތެރޭގައި އަންހެނުންނާއި، ފިރިހެނުން ހިމެނެއެވެ)
- މައިންބަފައިން މުސްކުޅިވެ ބާރު ދެރަވާ ދުވަހު އެދެމީހުންނަށް އޯގާތެރިވެ އެހީތެރިވާ މީހާ
- ﷲ ތައާލާގެ މަގުގައި ޖިހާދުކުރާ މުޖާހިދުން
- އިންސާފުވެރި ފަނޑިޔާރުން
- އަދުލުވެރި ރަސްކަލުން
- އެމީހެއްގެ ހިތް މިސްކިތާ ގުޅިފައިވާ އަޅުވެރިން