ކަންގަނާގެ އޮފީސް ތަޅާ ސުންނާފަތި ކޮށްލައިފި

ކުއީންގެ އެކްޓްރެސް ކަންގަނާ ރަނޯޓަކީ ތެދުވެރިކަމާއި ސާބިތުކަމާއެކު އޭނާ ހިތުގައި އޮންނަ އެއްޗެއް ބެރުކޮށް ފައުޅުކަން ބޮޑުގޮތުގައި ވާހަކަތަށް ހާމަކުރާ ތަރިއެކެވެ. ދާދިފަހުން މަރުވި ސުޝާންތު ސިންގު ރާޖުޕުތުގެ ގެ މައްސަލައިގައި ޒުވާން އެކްޓރަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރާއި މުމްބާއީ ޕޮލިހުން އިހުމާލުވެފައިވާކަމުގެ ވާހަކަތަށް ކަނގުނާ ދައްކަމުންދާ މިދަޑިވަޅުގައި އޭނާގެ ގޭގައި ހަދާފައިހުންނަ އޮފީސް ބީއެމްސީ ޓީމުން ތަޅާލައިފިއެވެ.

މިއަދުގެ ވަގުތެއްގައި ހިންގާފައިވާ މި އަމަލުން އޮފީހަށް ލިބިފައިވާ ގެއްލުންތަށް ފެންނަ ވީޑިއޯއެއް ކަންގަނާވަނީ އޭނާގެ ޓުވިޓާގައި ހިއްސާކޮއްފައެވެ. އަދި ވީޑިއޯ ހިއްސާކުރަމުން ޑިމޮކްރަސީ މަރުވެއްޖެ ކަމަށް ލިޔެފައިވެއެވެ.

ޤަވައިދާ ހިލާފަށް އިމާރާތްކޮއްފައިވާ ތަނެއްކަމަށްބުނެ މި އޮފީސްތަޅާލާފައިވާއިރު ކަންގަނާ ބުނެފައިވަނީ އޭނާގެ ގޭގައި ޤަވައިދާ ހިލާފަށް ހުރި އިމާރާތެއް ނުހުންނާނެކަމަށެވެ. އެހެންނޫނަސް 30 ސެޕްޓެމްބަރާއި ޖެހެންދެން އެފަދަ ކަންކަން ކުރުން ސަރުކާރުން މަނާކޮއްފައިވާ މިދަނޑިވަޅުގައި އެކަންކުރީ އޭނާއަށް ބިރުދެއްކުމަށްކަމަށްވެސް ކަންގަނާވަނީ ބުނެފައެވެ.

އެތަށް ކަރޯޑެއްގެ ގެއްލުން ލިބިފައިވާ މިއަމަލާއި ގުޅިގެން ކަނގަނާ މިހާރުވަނީ ހައި ކޯޓުގައި މައްސަލަވެސް ޖައްސާފައެވެ. ކަންގަނާގެ ވަކީލު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެއްވެސް މީހަކަށް މީހެއްގެ މުދަލަށް އެގޮތަށް ގެއްލުން ނުދެވޭނެ ކަމަށާއި ބީއެމްސީ ވިޔަސް އަމަލުކުރަންޖެހޭނީ ޤާނޫނުގެ ތެރެއިން ކަމަށެވެ.

ކަންގަނާ ދައްކަމުންދާ ގިނަ ވާހަކަތަކުގެ ސަބުބުން މީގެކުރިންވެސް އެކިއެކިގޮތްގޮތުން އޭނާއަށް އިންޒާރުތަށް ލިބެމުންދާތި މިއަދު އޭނާ މުމްބައިއަށް އައިސްފައިވަނީވެސް ހައި ސެކުރިޓީގެ އެހީއާއިއެކުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!