80 ޕަސެންޓް ބޮލީވުޑުގެ ތަރިން ޑުރަގު ބޭނުންކުރޭ, އަދަބު ހަމައެކަނި އަހަރެންނަށް ލިބުމަކީ އިންސާފެއްނޫން: ރިއާ

ސުޝާންތު ސިންގު ރާޖުޕުތުގެ ލޯބިވެރިޔާ ރިއާ ޗަކްރޮބަތީ ރޭގެ ވަގުތެއްގައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސަރީއަތަށް ހާޒިރުކުރެވިފައެވެ. ތަޙުޤީޤު ކުރަމުންދާ ޑުރަގުގެ މައްސަލައެއްގައި އެކަށީގެންވާވަރަށް ހެކި ލިބިފައިވާކަމަށް ބުނެ އެންބީސީ އިން ރިއާ ޕޮލިސް ކަސްޓަޑީއަށް ގެންގޮސްފައިވާއިރު ރޭގެ ޝަރީއަތަކީ އޭނާ ޖަލަށް ލުމާމެދު ގޮތެއް ނިންމުމަށް ބޭއްވުނު ޝަރީއަތެކެވެ.

ރިއާގެ ވަކީލު ބެއިލްއަށް އެދިފައި ވީނަމަވެސް 14 ދުވަހަށް ރިއާ ޖަލަށްލުމަށް ރޭގެ ޝަރީއަތުގައި ޤާޒީވަނީ ނިންމަވާފައެވެ. އެހެން ނަމަވެސް މާދަމާ އަދި ރިއާގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށްވެސް ވަނީ ހަމަ ޖައްސާފައެވެ.

ރޭގެ ޝަރީއަތުން އެންމެ ހައިރާންކުރުވަނިވި ވާހަކައެއްގެ ގޮތުގައި އަޑުއިވިގެން ދިޔައީ ޤާޒީގެ ކުރިމަތީގައި ރިއާ %80 ބޮލީވުޑުގެ އެކްޓަރުންނާއި އެކްޓްރެސްއިން ޑުރަގު ބޭނުންކުޜާކަމަށް ބުނި ބުނުމެވެ. ޝަރީއަތަށް ޙާޒިރު ކުރެވުމުން ޤާޒީވަނީ ރިއާގެ ފަރާތުން ބައެއް ކަންތަށްތަށް އޮޅުން ފިލުވުމަށްޓަކައި ސުވާލުކޮއްފައެވެ.

އޭނާގެ ބަޔާނަކީ އެއްވެސް މީހެއްގެ ޕުރެޝަރުގެ ސަބަބުން ދީފައިވާ ބަޔާނެއް ނޫންކަމަށް ރިއާ އެއްބަސްވެފައިވާއިރު ހަމަ އެއާއި ވިއްދައިގެން ރިއާ ބުނެފައިވަނީ ރިއާއާއި ދޭތެރޭ ކަންމިވަނި އިންސާފުން ނޫން ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ބޮލީވުޑުގެ %80 މީހުން ޑުރަގު ބޭނުންކުރާއިރު އަދަބު ހަމައެކަނި ރިއާއަށް ލިބުމަކީ އިންސާފެއްކަމުގައި އޭނާ ނުދެކޭކަމަށެވެ.

ރިއާ ހައްޔަރު ކުރުމާއި ގުޅިގެން ބޮލީވުޑުގެ ބޮޑެތި އެތަށް އެކްޓަރުންނާއި އެކްޓްރެސްއިން އަންނަނީ އޭނާ އަށް އިންސާފު ހޯދައިދޭން ޖެހޭކަމަށްބުނެ ރިއާއަށް ތާއީދު ކުރަމުންނެވެ. އަންގާރަދުވަހު ތަޙުޤީޤު ހިގަމުން ދިޔަ ވަގުތު ރިއާ ލާފައިހުރި ޓީޝާރޓުގައި ލިޔެފައިވާ ބަސްކޮޅު ޝެއާކުރަމުން ބޮލީވުޑުގެ ތަރިން ވަނީ އެމީހުންގެ ސޯޝަލް މީޑިއާގައި ރިއާއަށް ތާއީދުކުރާކަން ހާމަކޮއްފައެވެ.

މިދަޑިވަލުގައި ރިއާއަށް ތާއީދުކުރަމުން އެދާ އެކްޓަރުންނަކީ ރިއާފަދައިން ޑުރަގުގެ މުއާމަލާތްކުރާ މީހުންކަމަށާއި އެމީހުން ރިއާއަށް ސަޕޯރޓުކުރަމުން އެދަނީ އެމިހުންނާ އިންސާފު އަރާ ހަމަކޮއްފާނެތީ ބިރުންކަމަށް ސުޝާންތުއަށް އިންސާފުހޯދައިދިނުމަށް މަސައްކަތްކުރާ އާއްމުންގެ ތެރެއިން ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!