ެއަކްޝޭއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަން ކަރީނާ ދޫކޮށްލީ ފައްކާ ފޮޓޯއެއް

އުފަންދުވަހަކީ ކޮންމެ މީހަކަށްވެސް ހާއްސަދުވަހެކެވެ. އެހެން ނަމަވެސް މަޝްހޫރުތަރިންނަށް މިދުވަހަކީ ހެޔޮއެދޭ އެތަށް ބައެއްގެ މެސެޖުތަކުން ސޯޝަލް މީޑިއާ ފުރާލާ ދުވަހެކެވެ. މިއަދު 53 އަހަރުވީ އުފަންދުވަސް ފާހަގަކުރަމުންދާ މަޝްހޫރު ބޮލީވުޑުގެ ފިލްމީތަރި އަކްޝޭ ކުމާރު އަށް އަންނަނީ އެތަށް ބައެއްގެ ތަހުނިޔާތަށް އޮހެމުންނެވެ.

އަކްޝޭއަށް ތަހުނިޔާ ކިޔުމަށްޓަކައި ކަރީނާ ކަޕޫރު ހިއްސާކޮއްފައިވަނީ ކަރީނާގެ ދައްތަ ކަރިޝްމާއާއިއެކު އަކްޝޭ ނަގާފައިވާ ފޮޓޯއެކެވެ. އިންޓަގުރާމުގައި މިފޮޓޯ ހިއްސާކުރަމުން ކަރީނާ ބުނެފައިވަނި އަކްޝޭއަކީ ދައްތަ ލޯލޯގެ އެންމެ ފުރަތަމަ ކޯ-ސުޓާރު ކަމަށާއި އަދި ކަރީނާގެ އެންމެ ބެސްޓު ކޯސުޓާރު ކަމަށެވެ.

ދައްތަ ކަރިޝްމާއާއި އެކު ގިނަ ފިލްމުތަކެއް ކުޅެފައިވާ އަކްޝޭ ކުމާރުވަނީ ކަރީނާއާއި އެކުވެސް ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައެވެ. ކަރިޝްމާއާއި އެކު މޭރޭ ޖީވަން ސާތީ، ސުހާގު، ދީދާރު ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާއިރު ގުޑް ނިއުސް އަދި ކަމްބަކްތު އިޝްޤުފަދަ ފިލްމުތަކުންވަނީ ކަރީނާއާއިއެކު އަކްޝޭ ފެނިގެން ގޮސްފައެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!