މިއަދު އިތުރު އެކަކު ހޯޑެއްދޫން ޕޮޒިޓިވްވެ އެ ރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 36 އަށް އަރައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ މިއަދު ގއ. ހޯޑެއްދޫން އިތުރު ކޭސްއެއް ފެނިފައިވާ ކަމަށެެވެ. އެހެންކަމުން މިހާރު އެ ރަށުން ފެނިފައިވާ ކޭސްތަކުގެ އަދަދު ވަނީ 36 އަށް އަރާފައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މާލެ ސިޓީގެ އިތުރުން ކޮވިޑްގެ ބަލި މީހުން އެންމެ ގިނައިން ތިބީ ހޯނޑެއްދޫގަ އެވެ. އެޗްޕީއޭއިން ބުނީ އެ ރަށުގައި މިހާރުވެސް ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
މީގެ އިތުރުން އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އުމުރުން 80 އަހަރުގެ ފިރިހެނަކާއި 64 އަހަރުގެ އަންހެނަކު ގއ. ވިލިނގިލީ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލުކޮށް އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.