މިއަދު 93 މީހުން ޕޮޒިޓިވް، ބަލިން ރަނގަޅުވީ 131 މީހުން

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 93 މީހަކު ޕޮޒިޓިވްވެ، ނަމްބަރު ތިރިއަށް ޖެހިލައިފި އެވެ. މިދިއަ ތިން ދުވަހު ވެސް ޕޮޒިޓިވް ވުން ހުރީ 100 އިން ދަށުގަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 86 މީހުނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަނެއް ހަތް މީހުންނަކީ އަތޮޅުތަކުގެ ތެރޭގެ ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 67 ދިވެހިން ހިމެނެ އެވެ. ދެން 26 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 8,834 އަރާފައެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 131 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 6،288 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2،509 މީހުންނެވެ. ކޮވިޑްގައި 31 މީހަކު ވަނީ މަރުވެފަ އެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ދެ މީހަކު ވަނީ މަރުވެފައެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 127 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!