އިތުރު ތިން ކެންޑިޑޭޓަކު ނަން ނަގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ތިން ކެންޑިޑޭޓަކު ނަން ނަގައިފި އެވެ.

މިފަހަރު ނަން ނަގާފައިވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ނަން ހުށައެޅި ދެ ކެންޑިޑޭޓުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ފ. ފީއަލީ ކައުންސިލް މެންބަރު ކަމަށް ޖޭޕީގެ ޓިކެޓްގައި ކުރިމަތިލާން ހުށައެޅި އަހުމަދު އަލީ އާއި ގދ. ވާދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރަން ހުށައެޅި އަމާން އަލީގެ އިތުރުން އދ. ކުނބުރުދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރަން ހުށައެޅި އާއިޝަތު އާދަމް އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!