ރާއްޖެ އެތެރެކުރަން އުޅުނު 4 ކިލޯއަށްވުރެ ގިނަ ކެނަބިސް އަތުލައިގެންފި

ރާއްޖެ އައި ބިދޭސީ މީހެއްގެ އަތުން 4.4 ކިލޯގެ ކެނަބިސް އަތުލައިގެންފިއެވެ.

ކަސްޓަމްސުން ބުނީ ރޭ ރާއްޖެ އައި ބަންގްލަދޭޝް މީހެއްގެ ލަގެޖު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޝައްކު ކުރެވޭ ހިކިފަތްތަކެއް ފެނިފައިވާ ކަމަށެވެ.

އޭނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތީގެ އަގު 3.5 މިލިއަނަށް އަރާނެ ކަމަށާއި އެތަކެތީގެ ބަރުދަނުގައި ޖުމްލަ 4.448 ކިލޯ ހުރިކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

އެ މައްސަލަ އާއި ގުޅިގެން ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އެމީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އަދި އެތަކެތި ތަހުލީލު ކުރިއިރު ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!