ސޮފްވާން 3 ނަމަކަށް ކިޔާ ފެރީއެއް ތެޔޮ ހުސްވެ ކަނޑުމެދަށް ހުއްޓިއްޖެ

ށ. ފޯކައިދޫން ށ. މާއުނގޫދޫއަށް ދަތުރު ކުރަމުންދިޔަ ފެރީއެއް ތެޔޮ ހުސްވެ ކަނޑުމެދަށް ހުއްޓިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ށ. ފޯކައިދޫން މާއުނގޫދޫއަށް މީހުންނާއެކު ދަތުރުކުރަމުން ދިޔަ ފެރީއެއް ތެޔޮ ހުސްވެގެން ކަނޑުމެދަށް ހުއްޓިފައިވާ ކަމަށް މިއަދު އިރުއޮއްސި 6:18 ހާއިރު ރިޕޯޓު ކޮށްފައި ވާ ކަމަށެވެ. އެއީ “ސޮފްވާން 3” ނަމަކަށް ކިޔާ 50 ފުޓުގެ އަމިއްލަ މީހެއްގެ ފެރީއެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށާއި ފެރީ ހުއްޓިފައި ވަނީ ށ. އެކަސްދޫ ކައިރިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓް ގާޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!