ގައުމަށް އަނބުރާ ފޮނުވާލި ބަންގްލަދޭޝް މީހުންގެ އަދަދު 6732ށް

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އައިއިރު މޯލްޑިވިއަން މެދުވެރިކޮށް 6,732 މީހުން އަނބުރާ އެ ގައުމަށް ފޮނުވާލައިފިއެވެ.

މިއަދު މެންދުރު ފަހުގެ ފްލައިޓަކުން ބަންގްލަދޭޝްގެ 200 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދާ އޭގެތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި ސަރުކާރުން އަންނަނީ ދެމުންނެވެ. އެގޮތުން ބުދަ ދުވަހު ފުރާފައި މިވަނީ ސެޕްޓެމްބަރ މަހު ބަންގްލަދޭޝް މީހުން ގޮވައިގެން ދިޔަ ފުރަތަމަ ފްލައިޓެވެ.

މިދިޔަ އޮގަސްޓްމަހު ވަނީ 1551 މީހުން އަނބުރާ ފޮނުވާލާފައެވެ. ބުދަ ދުވަހު ފުރާފައިމިވަނީ ބަންގްލަދޭޝްގެ މީހުން ގެންދާ 35 ވަނަ ފްލައިޓެވެ.

ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ފަށާފައިވަނީ ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރި ހިސާބުންނެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެފައި ވަނީ އަމާޒަކީ މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އެ މީހުންގެ ރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!