ސިފައިންގެ ޕައިލެޓުންގެ ތަމްރީނުތައް މެދުކަނޑާލާފައިވަނީ ކޮވިޑުގެ ސަބަބުން

ސިފައިންގެ އިންޖީނިއަރުން ތަމްރީނުކުރަމުން އައި ނަމަަވެސް ވިއަސް ކޮވިޑް-19 އާ ހެދި ޕައިލެޓުންގެ ތަމްރީނުތައް މިވަގުތު މެދުކަނޑާލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ، ގައުމީ އެއާލައިނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޕައިލެޓުންނާއި އިންޖީނިއަރުންގެ ތަމްރީނުތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މާލޭގައި ފެތުރެމުންދާ ކޮވިޑާ ހެދި ޕައިލެޓުންގެ އުދުހުގެ ސެޝަންތައް ހުއްޓާލާފައިވާ ކަމަށް ވިދާޅުވި އެވެ.

ޖުލައި 30، 2019 ގައި ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން، ސިފައިންގެ ބޭނުމަށް ގެންނަ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރެވޭ ފެންވަރުގެ ތަޖުރިބާހުރި ޕައިލެޓުންނާއި އެއާކްރާފްޓް އިންޖީނިއަރުން، ގައުމީ އެއާލައިން ހިންގާ އައިލެންޑު އޭވިއޭޝަނުން ތަމްރީނުކޮށްދޭން ޖެހެ އެވެ.

ފަސް އަހަރު ދުވަހަށް ހެދި އެއްބަސްވުމުގެ ދަށުން މިހާރު ހަ އިންޖީނިއަރުންނާއި ފަސް ޕައިލެޓުން އަންނަނީ ތަމްރީނު ހަދަމުންނެވެ. އެމީހުންނަށް ތަމްރީނުތައް ދެމުން އަންނަނީ، މޯލްޑިވިއަންގެ ތަޖުރިބާކާރު އިންޖީނިއަރުންނާއި ޕައިލެޓުންނެވެ.

އެ ޕައިލެޓުންނާއި އިންޖީނިއަރުންގެ ޓްރެއިނިން ނިންމައި އަމަލީ މަސައްކަތަށް ނުކުންނާނެ ދުވަހެއް އަދި ނޭނގެ އެވެ. އާޒިމް ވިދާޅުވީ އެކަން އެނގޭނީ ޕައިލެޓުންގެ ތަމްރީނުތައް ފެށުމުން ކަމަށެވެ.

މޯލްޑިވިއަންގެ ފަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މިިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން އެ ސިފައިންނަށް ތަމްރީނު ދެމުން އަންނަ ކަމަށެވެ. އަންނަ ހަފުތާގައި ވެސް އިންޖީނިއަރުންގެ އާ ބެޗެއްގެ ތަމްރީނުތައް ފަށާނެ ކަމަށް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!