ހޯޑެއްދޫގައި ކަރަންޓީންވި ބައެއް މީހުން ގެއިން ބޭރަށް ނުކުމެ އުޅުނުކަމުގެ ތުހުމަތު

ގދ. ހޯޑެއްދޫގައި ކޮވިޑް-19 ފެތުރުނީ އެރަށު ހޯމް ކަރަންޓީނުގައި ތިބި ބައެއް މީހުން ބޭރަށް ގޮސް އެކި މީހުންނާ ބައްދަލުވެފައިވާތީ ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ތުހުމަތުކޮށްފައި ވާކަމަށް އޮންލައިން ނޫސް “މިހާރު” އިން ރިޕޯޓްކޮށްފިއެވެ.

ނަމަވެސް ރަށު ކައުންސިލުން އެ ވާހަކަ ދޮގުކުރެ އެވެ.

މިދިޔަ ހަފްތާގައި ހޯޑެއްދޫން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާލެއިން ރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިބި ހަތަރު މީހެކެވެ. އޭގެ ފަހުން އެމީހުންނާ އާއިލީ ގުޅުން އޮންނަ ބައެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުމުން ހެދި ޓެސްޓްތަކުން އެމީހުން ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ރަށު ހޮސްޕިޓަލާއި އެޗްޕީއޭއިން ލަފާކުރާ ގޮތުގައި އާއިލީ މީހުންގެ ގަޔަށް ބަލި އެރީ ކަރަންޓީނުގައި ތިބި މީހުން އުޅުނު ގެއިން ގެންދިޔަ ފޮއްޓެއްގެ ސަބަބުންނެވެ. އެ ފޮށި ނޫނީ، ގެއިން ބޭރު ބަޔަކާ، ކަރަންޓީންގައި ތިބި މީހުންނާ އެއްވެސް ގޮތަކަށް ބައްދަލުވެފައި ނުވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެ އެވެ.

ހަފްތާއެއްގެ ތެރޭގައި އެރަށުން މިހާރު ވަނީ ޖުމްލަ 35 މީހުން/ކުދިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެ މީހުންނާ ގުޅުން ހުރި ކޮންޓެކްޓުންގެ އަދަދު 111 އަށް އަރަ އެވެ.

ހޯޑެއްދޫގެ އިތުރުން އެރަށާ ކޯޒްވޭއަކުން ގުޅިފައި އޮންނަ މަޑަވެލި ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!