ކޮވިޑްގައި ރައްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

  • ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.
  •  

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވެފައިވަނީ ބުދަ ދުވަހުގެ ހަވީރު 06:24 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި އޭނާ ނިޔާވިއިރު ފަރުވާދެމުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައެވެ. އަދި މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 30 ވަނަ މީހާ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 30ށް އަރާފައިވާއިރު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 8700ށް ވުރެ ގިނައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!