ކޮވިޑަށް ފަރުވާދިނުމަށް ގާއިމް ކޮށްފައިވާ ފެސިލިޓީއެއްގައި އިން އަންހެނަކަށް އެ ތަނުގައި މަސައްކަތް ކުރާ ބިދޭސީއަކު ޖިންސީ ގޯނާކޮށް ފުރައްސާރަ ކުރި މައެއްސައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މާލޭ ސިޓީގެ ކަރަންޓީން ފެސިލިޓީއެއްގައި އިން 26 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް ފުރައްސާރަ ކުރި މައްސަލައެއް މިދިޔަ އާދިއްތަ ދިވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގާފައި ވަނީ އެ ފެސިލިޓީގައި މަސައްކަތް ކުރާ ބިދޭސީ ފިރިހެނަކު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އެޗްޕީއޭއިން ވިދާޅުވީ މި ހާދިސާ ހިންގާފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނޫންކަމަށެވެ. ޖިންސީ ގޯނާގެ މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.
މީގެކުރިންވެސް ފެސިލިޓީއެއްގައި ހުރި މީހަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފުލުހުން ބަލާފައިވެއެވެ.