ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ މެންބަރުންގެ ތެރެއިން ޤާނޫނީ ވަކީލުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ މެންބަރުންގެ ތެރެއިން ޤާނޫނީ ވަކީލުގެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަކީ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލެކެވެ.

ސިއްހީ ހިދްމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން ގިނަ ކައުންސިލްތަކެއް އުފެދިފައްދާފައި ވެއެވެ. އެ ކައުންސިލްތަކުގެ މެމްބަރުންނަށް އުޖޫރައާއި މާލީ އިނާޔަތެއްގެ ގޮތުގައި ލިބެނީ، ކައުންސިލްތަކުގެ ބައްދަލުވުންތަކުގައި، ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް އެކެވެ.

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި 9 މެމްބަރުން ހިމެނެއެވެ.

މިކައުންސިލްގެ މައިގަނޑު މަސްއޫލިއްތުތާއި ބާރުތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖޭގައި ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްލައިފެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދިނުމާއި ޝަރުތުތައް ކަނޑައެޅުމެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!