ކޮނޑުހުޅު މާގިނައިން ނެއްޓޭ މީހެއްގެ ހުޅު ރަނގަޅު ކުރުމަށް ރާއްޖޭގައި ފުރަތަމަ ފަަހަރަށް ލެޓާޖޭ އޮޕަރޭޝަނެއް ކޮށްފިއެވެ.
ކަށީގެ ބަލިތަކަށް ޚާއްސަ ޑރ. އާޒިމް އަޙުމަދު ކުރެއްވި މި އޮޕަރޭޝަނަކީ ތަކުރާރުކޮށް ކޮނޑުހުޅުން ނެއްޓުމުގެ ސަބަބުން ހުޅަށް ލިބިފައިވާ ގެއްލުން ރަނގަޅުކޮށް އިތުރަށް ނެއްޓުނަ ނުދިނުމަށް ކުރި އޮޕަރޭޝަނެކެވެ. އޮޕަރޭޝަން ކޮށްފައިވަނީ އުމުރުން 70 އަހަރުގެ މީހެއްގެއެވެ. މި މީހާއަކީ ކޮނޑުހުޅުން ނެއްޓުމުގެ އުނދަގޫތަކާއި ތަކްލީފުތައް އެތައް ދުވަހެއް ވަންދެން ތަހްމަލުކުރަން ޖެހިފައިވާ މީހެކެވެ. 30 ވުރެ ގިނަ ފަހަރު މި މިހާގެ ކޮނޑުހުޅުން ނެއްޓިގެން އެކަމަށް ވަނީ ފަރުވާ ހޯދާފައެވެ.
ނ. އަތޮޅު ހޮސްޕިޓަލުގައި ކުރި ކަށީގައި އޮޕަރޭޝަނަކީ އެ ހޮސްޕިޓަލްގައި ކުރި ކަށީގެ ފުރަތަމަ އޮޕަރޭޝަނެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރުންގެ ޓީމެއް އެ ރަށަށް ނ. މަނަދޫއަށް ގޮސްގެންނެވެ.
ނ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ.