ތިނަދޫއިން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގދ. ތިނަދޫއިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު އާއި ހަވާލާދީ “ވަގުތު” ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 34 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ އަކީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ.

“މިހާރު އެއީ ކޯމް ކަރަންޓީނަށް އައިސްފައި ހުރި މީހެއް. ކަރަންޓީނު ނިންމާފައި ޓެސްޓު ކުރި އެނގުނީ. ތިން މީހުން އެބައުޅޭ. އޭގެ ތެރެއިން އެކަކު ޕޮޒިޓިވްވީ” އަލީ އަމްޖަދު ވަގުތަށް ވިދާޅުވިއެވެ.

އަދި އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި އޭނާ ހާލު ރަނގަޅު ކަމަށް އަމްޖަދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!