ޝެެރެޓަން ރިސޯޓު އަލުން ހިދުމަތަށް

ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ހުއްޓުމަކަށް އޮތުމަށްފަހު، ސިއްހީ ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތަކާއެކު، ޝެރެޓަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަލުން ހިދުމަތަށް ގެނެސްފިއެވެ.

ރިސޯޓުން ބުނި ގޮތުގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ އެ ރިސޯޓް ޓޫރިސްޓުންނަށް ހުޅުވާލާފައި ކަމަށާއި، އެނބުރި ހިދުމަތަށް އައީ ރައްކާތެރިކަމުގެ ގިނަ މިންގަނޑު ތަކެއް ފުރިހަމަކޮށްގެން އެއަށް އަމަލު ކުރާނެ އުސޫލުތައް ވެސް ކަނޑައެޅިގެން ކަމަށެވެ.

ރިސޯޓު ހުޅުވިއިރު އެންމެ އިސްކަމެއް ދީފައި ވާނީ މުވައްޒަފުންނާއި ޓޫރިސްޓުންގެ ރައްކާތެރި ކަމަށް ކަމަށާއި، އަދި އިތުބާރު ކުރެވޭ މާހައުލެއް ޓޫރިސްޓުންނަށް ހޯދައިދޭން ގިނަ ފިޔަވަޅު ތަކެއް އަޅާފައިވާނެ ކަމަށްވެސް އެރިޒޯޓުން ވަނީ ބުނެފައެވެ. އެގޮތުން އާއްމުކޮށް ބޭނުން ކުރާ ސަރަހައްދުތައް ގަވައިދުން ޑިސް އިންފެކްޓް ކުރާނެ ކަމަށް ރިޒޯޓުން ވަނީ މައުލޫމާތު ދެއްވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!