މަނަދޫއިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނ. މަނަދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެ ދެ އޮޕަރޭޝަނަކީ މަނަދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ދެ އޮޕަރޭޝަނެވެ.

އެގޮތުން ފުރަތަމަ ކުރިއަށް ގެންދިޔަ އޮޕަރޭޝަމުގައި، އެ ރަށު ފަޅުގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވެއެވެ. ދެ ވަނަ އޮޕަރޭޝަނުގައި، އެ ރަށު ރެސްޓޯރަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި ދެ މައްސަލައާ ގުޅިގެން މިހާނަތަށް މީހަކު ހައްޔަރުކޮށްފައިނުވި ނަމަވެސް މަނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ދެ މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!