ރަޝިއާއިން އުފައްދައި ރަޖިސްޓްރީ ކޮށްފައިވާ ދުނިޔޭގެ ފުރަތަމަ ކޮވިޑް ވެކްސިން “ސްޕޮޓްނިކް ވީ” އެގައުމުގެ ރައްޔިތުންގެ ގަޔަށް ޖެހުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
އެގައުމުގެ ސިއްހީ ވުޒާރާއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން އެ ވެކްސިންގެ ފުރަތަމަ ބެޗު މިހާރުވަނީ އެގައުމުގެ އެކި ސަރަހައްދުތަކަށް ފޮނުވާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ބުރު ފަށާނީ ހުރިހާ ސަރަހައްދަކަށް ވެކްސިން ފޮނުވާ ނިމުމުންނެވެ.
އާންމުންނަށް ވެކްސިން ޖަހަން ފަށާއިރު ރަޝިއާގެ ވެކްސިންގެ އެއްބިލިޔަން ޑޯޒަށް ދުނިޔޭގެ ބައެއް ގައުމުތަކުން ވެސް އޯޑަރުކޮށްފައިވެ އެވެ. އެހެންވެ ރަޝިއާ އިން މިހާރު ވަނީ ވެކްސިން އެކްސްޕޯޓް ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އެންމެ ކަންކަން ވެސް ފަށައިފަ އެވެ. އެކަމަކު “ސްޕޮޓްނިކް ވީ” ވެކްސިންގެ ކްލިނިކަލް ހުރިހާ ތަޖްރިބާތަކެއް މިހާރު ވަނީ ކާމިޔާބު ކަމާއެކު ނިންމާފަ އެވެ.
ރަޝިޔާގެ އުއްމީދަކީ ޑިސެމްބަރުގެ ކުރިން މީގެ 200 މިލިއަން ޑޯޒް އުފައްދާ އޭގެ ތެރެއިން 30 މިލިއަން ޑޯޒު ރަޝިޔާގެ ރައްޔިތުންނަށް ދިނުމެވެ.
ރަޝިޔާގެ ކޮވިޑް ވެކްސިން، “ސްޕޮޓްނިކް ވީ” އުފައްދާފައި ވަނީ ރަޝިއާގައި ގާއިމުވި ނިކޮލައި ގަމާލެޔާ ނެޝަނަލް ރިސާޗް ސެންޓަ ފޯ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީންނެވެ.