ސަން ސިޔާމަށް މުސާރައާ އިނާޔަތުގެ ގޮތުގައި 20 މިލިއަން ރުފިޔާ

މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަންޓްރެވެލް ސިޔާމް) އަށް އެއް އަހަރު ތެރޭ މުސާރައާއި އިނާޔަތުގެ ގޮތުގައި 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މާލީ ބަޔާނުން ދައްކައިފިއެވެ.

ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ މުއްދަތުގައި ސިޔާމްއަށް މުސާރައިގެ ގޮތުގައި 20،190،417.49 ރުފިޔާ ލިބިވަޑައިގަންފައިވާއިރު، ހިއްސާތަކުން 887،520.00 ލިބި ވަޑައިގަންނަވައެވެ. މިއާއިއެކު ސިޔާމަށް 21،077،937 މިލިއަން ރުފިޔާ ލިބި ވަޑައިގެންފައިވެއެވެ.

ސިޔާމްގެ ފަސް ބޭންކް އެކައުންޓެއް ރާއްޖޭގައި ހުޅުވާފައިވާއިރު، މެލޭޝިއާ އާއި ސްރީލަންކާގައި ވެސް ސިޔާމްގެ ބޭންކު އެކައުންޓައް ވަނީ ހުޅުވާފައެވެ. އަދި 2018 ވަނަ އަހަރު އެސްބީއައި އިން ނެގި 1.5 މިލިއަން ޑޮލަރުގެ ލޯނަކާއި އެޗްއެސްބީސީ މެލޭޝިއާ ބްރާންޗުން ނަގާފައިވާ 4،080،000 މެލޭޝިއަން ރިންގިޓްގެ ލޯނަކަށް ވެސް ސިޔާމް ފައިސާ ދައްކަމުންދާ ކަމަށް މާލީ ބަޔާނުން ހާމަވެއެވެ.

މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން އާންމުކޮށްފައިވާއިރު، މަޖިލީހުގެ މެމްބަރުންގެ އަނބިންނާއި ދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ދާދިފަހުން ވަނީ އިސްލާހު ގެނެސްފައެވެ. ގަވާއިދަށް މި އިސްލާހު ގެންނަން ފާސްކުރީ 62 މެމްބަރުންގެ ވޯޓާއެކުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!