އިތުރު 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލަނީ

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 200 މީހުން މިއަދު ވެސް ފުރުވާލައިފިއެވެ.

މި މީހުން ފޮނުވާލާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ 200 ބަންގްލަދޭޝް މީހުން ގޮވައިގެން އެގައުމުގެ ވެރި ރަށް، ޑާކާއަށް ފުރުމަށް މޯލްޑިވިއަންގެ ފްލައިޓެއް ތައްޔާރުވެފައިވާ ކަމަށެވެ. މިއީ މޯލްޑިވިއަނުން ބަންގްލަދޭޝް މީހުން ގޮވައިގެން ކުރާ 35 ވަނަ ދަތުރެވެ. 

އެއާއެކު މޯލްޑިވިއަނުން 6000 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހަކު މިވަނީ އަނބުރާ ގައުމަށް ގެންގޮސްދީފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!